އެސްޓީއޯއިން ކޯވިޑް ފެސިލިޓީތަކުގައި މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިންމާލައިފި

STO has installed medical equipment

ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީތަކަށް ފޮނުވާފައިވާ މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިމަޝްރޫޢުގެ ދަށުން ހއ.އިހަވަންދޫއާއި، ށ.ފުނަދޫއާއި، ބ،އޭދަފުއްޓާއި، ލ.ގަމާއި، ގއ.އަތޮޅާއި، ފުވައްމުލަކާއި، އައްޑޫސިޓީގައި އިކުއިޕްމަންޓް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހަތް ސަރަޙައްދެއްގައި މިހާރު ކޯވިޑަށް ފަރުވާދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މިތަންތަނުގެ ޢަމަލީ މަސައްކަތްނިމި މިދިޔަ މަހުގެ 25 ވަނަ ދުވަހުވަނީ ރަސްމީކޮށް ހުޅުވާފައެވެ. އަދި މިތަންތަނަށް ގެންގޮސްފައިވާ ބައެއް ސިއްޙީ ވަޞީލަތްތައް ބޭނުންކުރެވޭނެހެން އިންސްޓޯލްކޮށް ނިމިފައިވާކަމަށް އެމަސައްކަތްކުރާ އެސްޓީއޯއިންވަނީ ހާމަކުރައްވާފައެވެ.

އަތޮޅުތެރޭގައި މިބައްޔަށް ފަރުވާ ދެވޭނެ ވަޞީލަތް މިހާރު ޤާއިމުކޮށްފައިވާއިރު އަތޮޅުތެރޭގެ ރަށްރަށުގައި މިބައްޔަށްވަނީ މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި މީހުންނާއި މުދާ އުފުލާ ބޯޓުތަކުގައި މަސައްކަތްކުރާ ބައެއް މީހުންނެވެ. ރަށްރަށުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މިހާރު މާލެއިން ރަށްރަށަށް މީހުން ދިޔުމުގެ އުސޫލު އެޗްޕީއޭއިންވަނީ ހަރުކަށިކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑަށް ފަރުވާދެވޭނެ ފެންވަރަށް ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *