ދިވެހި ދައުލަތާއި، ރައްޔިތުންގެ އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަޅުތަކުން އަދި ދައުލަތުން އަދާކުރުން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް ބާރުވެރިކުރުން ކަމަށް ޑރ. އަހުމަދު އިނާޒް ވިދާޅު ވެއްޖެއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރަށްވާފައިވާ އަދި އިޤްތިޞާދީ ދާއިރާގައި ފާހަގަ ކުރެވޭ ފަރާތެއް ކަމަށްވާ ޑރ. އިނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަޅުތަކުން އަދި ދައުލަތުން އަދާކުރަން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް ބާރުވެރިކުރުން ކަމަށެވެ.
އެއީ އެންމެ ބޮޑު ހައްޤު ކަމަށް ވެސް ޑރ. އިނާޒް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ޑރ. އިނާޒް ވިދާޅުވެފައި ވަނީ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ޓަކައި އިސްލާމްދީނުގެ އިންތައް ދެނެގަނެ އެ އިންތައް ހިފަހެއްޓުމަކީ ވެސް އެންމެ ބޮޑު ވާޖިބު ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަދުލްއިންސާފު ގާއިމް ކުރެވޭނީ މިކަންކަން ރަނގަޅު ނިޔަތެެއްގައި ކުރެވިގެން ކަމަށާއި އެތެރެފުށާއި ބޭރުފުށް އެއްގޮތް ވާންޖެހޭ ކަމަށް ޑރ. އިނާޒް ވަނީ ވިދާޅު ވެފައެވެ.
"ދިވެހި ދައުލަތުގެ އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަޅުތަކުން އަދި ދައުލަތުން އަދާކުރަން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް ބާރުވެރިކުރުން. މިއީ އެންމެ ބޮޑު ހައްޤެވެ. އަދި އެހެންމެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ޓަކައި އިސްލާމްދީނުގެ އިންތައް ދެނެގަނެ އެ އިންތައް ހިފަހެއްޓުން. އަދުލްއިންސާފު ގާއިމް ކުރެވޭނީ މިކަންކަން ރަނގަޅު ނިޔަތެެއްގައި ކުރެވިގެން. އެތެރެފުށާއި ބޭރުފުށް އެއްގޮތް ވާންޖެހޭ."
= ޑރ. އަޙްމަދު އިނާޒް =
ދިވެހި ދައުލަތުގެ އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަޅުތަކުން އަދި ދައުލަތުން އަދާކުރަން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް ބާރުވެރިކުރުން. މިއީ އެންމެ ބޮޑު ހައްޤެވެ. (1/2)
— Ahmed ĺnaz (@ahmedinaz1) August 7, 2020
އަދި އެހެންމެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގެ އިންތައް ދެނެގަނެ އެ އިންތައް ހިފަހެއްޓުން. އަދުލްއިންސާފު ގާއިމް ކުރެވޭނީ މިކަންކަން ރަނގަޅު ނިޔަތެެއްގައި ކުރެވިގެން. އެތެރެފުށާއި ބޭރުފުށް އެއްގޮތް ވާންޖެހޭ. (2/2)
— Ahmed ĺnaz (@ahmedinaz1) August 7, 2020
ޑރ. އިނާޒް މިހެން ވިދާޅުވެފައި ވާއިރު މިއަދަކީ ޖޫން 26، 2008 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، އޯގަސްޓް 7، 2008 ވަނަ ދުވަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވާ، މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ “ފެހި ޤާނޫނުއަސާސީ” އަށް މިއަދު 12 އަހަރު ފުރުނު ދުވަހެވެ.
ޑރ. އަހުމަދު އިނާޒަކީ ފެހި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ކޯލިޝަން ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ. ފާހަގަ ކުރެވެނީ ރާއްޖޭގެ މަދު އިކޮނޮމިސްޓުންގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!