ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ރޭ ރިޕޯޓުކޮށްފައިވާ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މާލޭގައި ހިންގާ ފާމަސީއެއްގެ ފާމަސީގެ އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރާ ބިދޭސީއެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާމަސީއަކަށް ދިޔަ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ 50 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޖިންސީ ގޯނާ ލިބުނު އަންހެން މީހާގެ ޢާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށް ވަނީ އޭނާއަށް ޖިންސީ ގޯނާކުރީ މާލޭގައި ހިންގާ ފާމަސީއެއްގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!