ވެލި ބަރުކޮށްގެން ދިޔަ ހދ. ނޮޅިވަރަމް “ގިންތި” ދޯނި ދިޔަވެ އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ދޯނީގެ ބޮޑުބައި ވަނީ ހދ. ކުރިނބީ ފަޅު ތެރެއަށް އަޑިއަށް ގޮސްފައި ކަމަށެވެ. މިއީ ހދ. ނޮޅިވަރަމް “ގިންތި” ނަކަމަށް ކިޔާ ދޯންޏެއް ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 11:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

Ad
rt

އެދޯނީގެ ވެރިއަކު މިނޫހަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އެދޯނި ކުރިނބީއަށް ވަދެފައިވަނީ ޕަންޕު ހަލާކުވެ ދިޔަވަމުންދާތީ ކަމަށެވެ. ދޯނި ދިޔަވާން ދިމާވީ ނެގިރާޅެއް ދޯނި ތެރެއަށް ބިންދާލުމުންކަމަށްވެސް ބުނެފައިވެއެވެ. މިދޯންޏަކީ ވެލިބަރުކޮށްގެން ނޮޅިވަރަމަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ.

މިހާރު އެދޯނި ކުރިނބީ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. ދޯނީގެ ވެރިފަރާތުން މިހާރު އަންނަނީ ކުރިނބީއަށް ދިއުމަށް ދަތުރު ކުރަމުންނެވެ.

މިހާދިސާ ހިނގި ވަގުތު ދޯނިގައި 6 މީހަކު ހުރިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.