އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރުމުން އެކަމަށް އެދެން ހުޅުވާލި ފުރުސަތުގެ ދަށުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ.

Ad
rt

އެހެންވެ، މިގޮތަށް ގެ އަޅަން ބޭނުންވާ ރަށްޔިތުން ދެނެގަންނަން ނަން ނޯޓުކުރަން އުތީމު ކައުންސިލުން އިއްޔެ ވަނީ ހުޅުވާލާފައެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް މިއަދު ވިދާޅުވީ ކައުންސިލުން ހުޅުވާލި ފުރުސަތަށް ފުރަތަމަ ދުވަހު ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

''އިއްޔެ ދެއްތޯ އަޅުގަނޑުމެން މި ފުރުސަތު މި ހުޅުވާލީ، ބޮޑު ތަރުޙީބެއް އެބަލިބޭ، ކައުންސިލުން މި މަސައްކަތްކުރަނީ އުތީމު ރަށްޔިތުންނަށް ބޯހިޔާވަހިކަމަށް ފަހި ގޮތްތަކެއް ހޯދައިދެވޭތޯ'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

އެ ފަރާތުން އުތީމުގައި ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫޢުއެއް ހިންގަން ޝައުގުވެރިވާތީ ގެ އެޅުމުގެ އިތުރުން ފްލެޓަށް ޝައުގުވެރިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވެސް ކައުންސިލުން ވަނީ ފަށާފައެވެ. ޢަބުދުﷲ ރަޝީދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިކަމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.

އުތީމުގައި ގެއާއި ފްލެޓް އަޅަން ޝައުގުވެރިވާ ބަޔަކު ލިބުނީ ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ކުރިމަސައްކަތުންކަމަށް އޭނާ ވިދާޅުވިއެވެ.

''މިވަގުތު އަދި އަޅުގަނޑުމެން އެ ފަރާތުގެ ނަމެއް ހާމައެއް ނުކުރާނަން، އެކަމަކު އެއީ މި މަސައްކަތަށް ގާބިލް މިހާރުވެސް ހައުސިން ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްލަން.'' ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ.

އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

https://thiladhun.com/198644

އޭނާ ވިދާޅުވީ، މީގެ އިތުރުން ވެސް އެފަރާތާއި ގުޅިގެން ''ރަށަށް ރަނގަޅު ކަންތައްތަކެއް'' ކުރިއަށް ހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލުން ހުރިހާ މަސައްކަތެއް ވެސް ކުރަށްވަނީ އުތީމު ރައްޔިތުންނަށް އަދަށްވުރެ ފެހި އުޖާލާ މާދަމާއެއް ހޯދައިދެވޭތޯއެވެ.

އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރުމުން އެކަމަށް އެދެން ހުޅުވާލި ފުރުސަތުގެ ދަށުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރީ ކިތައްމީހުންކަމެއް އޭނާ ވިދާޅެއްނުވެއެވެ.