ހދ. ހަނިމާދޫގައި ޗައިނާގެ ފަންނީ މާހިރުން އިސްވެ ތިބެ، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ތަމްރީންތައް ކުރިއަށްދަނީ އޮގަސްޓް މަހުގެ 2 އިން 6 ގެ ނިޔަލަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.
މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހަނިމާދޫގައި ކުރިއަށް ގެންދާ ތަަމްރީން ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނި ގޮތުގައި، މިއީ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީންތައް ކުރިއަށްގެންދަނީ ޗައިނާގެ، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުންނެވެ. އިނގިރޭސި ބަހުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ތިއަރީ ބައިތަކުގެ އިތުރުން އަމަލީ ގޮތުން މަސައްކަތްކުރާނެ ގޮތްތައްވެސް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިފަކުސައާއި ބަލިތައް އިދާރީ ގޮތުން މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ.
މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހަނިމާދޫގައި ކުރިއަށް ގެންދާ ތަަމްރީން ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
މީގެ އިތުރުން، މި ތަމްރީނުގެ ތެރެއިން ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ސޫތްޕެއް ކަމަށްވާ 'އެސިކޯޑްސް ހިސްޕިނާރަމް' އާއި 'ޓެޓްރަސްޓިކަސް ބްރޮންޓިސްޕާ' އާލާކުރުމުގެ މަސައްކަތްތައްވެސް ބައިވެރިންނަށް ދައްކާލާނެއެވެ.
މި މަސައްކަތްތައް ކުރިއަށްދާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މިކަމަށްޓަކައި ހާއްސަކޮށް ގާއިމުކޮށްފައިވާ ލެބޯޓްރީގައެވެ.
މި ތަމްރީނުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ފަންނީ ގާބިލުކަން އިތުރުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!