''ފެންގަނޑަކުން، ވެލިގަނޑަކުން، ބައިމިލިއަންގެ އާމްދަނީ ރަށަށް ވައްދާ ބޮޑު ޖަވާހިރަކަށް'' ހޯރަފުށީ އެއާޕޯޓް ވެގެން ގޮސްފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ސައްލެ މިހެން ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން އެ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތެއް މިއަދު ހުޅުވާލުމުން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

Ad
rt

ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ޢިއުލާން ކުރުމާއި ގުޅިގެން ސައްލެ ''ތިލަދުން''އަށް ވިދާޅުވީ، ހަގީގީ ލާމަރުކަޒީވުމަކީ، ރަށުގައި ތިބެގެން ވަޒީފާގެ ފުރުޞަތު ލިބިގެން ދިޔުން ކަމަށެވެ.

''މިއީ އަޅުގަނޑުމެން މިކިޔާ މިނިމަމްވޭޖްގެ ފައިދާއަކީ، އެސިސްޓެންޓް ގާޑަނަރއަކަށް ވެސް ގެއަށް ގެންދަން 11،150 ރުފިޔާ އެބަ ލިބޭ، ރަށަށް ހަގީގީ އާމްދަނީ ވަންނާނެ ގޮތަކީވެސް މިއީ، 45 ވަޒީފާއަށް އެންމެ ދަށް ރޭޓުން ބެލިކަމުގައި ވިޔަސް މަހަކު ބައި މިލިއަން ރުފިޔާ ރަށަށް ވަންނާނެ، އަޅުގަނޑުމެން ގެންނަ ދެމެހެއްޓެނިވި ތަރައްގީ އަކީ މިއީ، މިފެންނަނީ ހަގީގީ އޯގާތެރި ސަރުކާރަކުން ސަލާން ނުޖަހާ އާމްދަނީ ލިބޭނެ ގޮތް ހަދައިދޭތަން، ފެންފަނޑަކުން، ވެލިގަނޑަކުން، ބައިމިލިއަންގެ އާމްދަނީ ރަށަށް ވައްދާ ބޮޑު ޖަވާހިރަކަށް'' ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ، މިއީ އަދި ފެށުމެއް ކަމަށެވެ. ހޯރަފުށީ އެއާޕޯޓްގެ 90 އިންސައްތަ ވަޒީފާތައް މިއަހަރު ނިމެންވާއިރަށް އުފެދޭނެ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ. އޭރުން މިސަރުކާރުގެ މަސައްކަތުން ހޯރަފުއްޓަށް މަހަކު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ވަންނާނެ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.

https://thiladhun.wonstasite.com/56867

ހޯރަފުށީ އެއާޕޯޓް ހުޅުވައި ޚިދުމަތް ދޭން ފެށީ މިދިޔައަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.