މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް

MP Ahmed Abdulla

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ފޭސް މާސްކާއި، ސެނިޓެއިޒަރ ހަދިޔާ ކުރަށްވައިފިއެވެ.

މިގޮތުން މެންބަރު އަޙްމަދު ވަނީ 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ.

https://twitter.com/NannaSoru/status/1368845909153447938?s=19

މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، އަވަށްޓެރި މުރައިދޫން ވެސް ވަނީ ދެ ދުވަސް މަތީން ބާރަށަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން މުރައިދޫން ވަނީ ރޯ މަހާއި، ކާޑާއި އަދި ނޫޑުލުސް ބާރަށުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ.

ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެފަހުން ރޭގެ ނިޔަލަށް އެރަށުން ވަނީ ޖުމްލަ 31 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި