ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.

މިއަދަކީ ދިވެހިންގެ މަދު ބަޔަކާއި، ބޭރު ކުލީ ސިފައިން ގުޅިގެން ވެރިރަށް މާލެއަށް އަރައި ދިވެހިންތަކެއް ޝަހީދުކޮށް، 18 ވަރަކަށް ގަޑިއިރަށް ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ދުވަހެވެ.

Ad
rt

ދިވެހި ތާރީޚްގައި ކަޅާއި ހުދުން ލިޔެވިފައިވާ މި ހިތްދަތި ހާދިސާ ހިނގީ 3 ނޮވެމްބަރު 1988 ވަނަ އަހަރުއެވެ. ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަމުން އަންނަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ.

މާލޭ ސިޓީ މޭޔަރު ޑރ. މުޢިއްޒު މިއަދު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަޖެހުމުގެ މަސައްކަތް މިއަދު ކުރެއްވި ކަމަށެވެ.

ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަށްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ޑރ. މުޢިއްޒުގެ އިރުޝާދާއެކު ނޮވެމްބަރު 3ގެ ޝަހީދުން ހެންވޭރު ސަހަރާގައި، ފަސްދާނުލެވިފައިވާ ތަން މާލޭ ސިޓީ ކައުންސިލުން ވަނީ ސާފުކޮށްފައެވެ.

މޭޔަރު ޑރ. މުއިއްޒު އިއްޔެ ވިދާޅުވީ އެ ތަން ސާފުކޮށް ބަލަހައްޓަމުން ނާންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ. އަދި އޭގެ ސަބަބުން އެ ތަން ވަރަށް ބޮޑަށް ހަޑިވެ ވީރާނާވެފައިވާކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ ނޮވެމްބަރު 3 ގެ އުދުވާނުގައު ޝަހީދުވި، ޝަހީދުންގެ މަގުބަރާ ސާފުކޮށް އެ ތަނުގައި ދޮންވެލި ލައި، ފާރުގައި ކުލަ ލައިފައެވެ.