އިންތިހާބާ ދިމާކޮށް ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން އިއުލާންކުރި ތިން ރަށް ލިސްޓުން އުނިކޮށްފި
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހެޅުމަށް ފުރުސަތުހުޅުވާލި ރަށްތަކުގެ ލިސްޓުން ށ. ކޮމަންޑޫ ކައިރިން ރިސޯޓު ތަރައްގީކުރުމަށް ދޫކުރުމަށް ޢިއުލާން ކުރިން ތިން ރަށް ވެސް އިއްޔެ އުނިކޮށްފި އެވެ. މިމަހުގެ 5 ވަނަ ދުވަހު އޮތް ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާ ޢިއުލާންކުރި ރަށްތަކަކީ ށ. މެދުރަށާއި ށ. މައިރަށާއި […]