ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައި ޢިއުލާން ކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އަންގައި ޢިއުލާންކޮށްފައި ވަނީ، އަޙްމަދު ޝަހްބާން، ހދ. ނޮޅިވަރަން / ހަމްނާ، (27އ) އެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ.

ތުހުމަތުވާ އަޙްމަދު ޝަހްބާންގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް އަންނަ ފެބްރުއަރީ 21 ވަނަ ދުވަހުގެ 12:00 އަށް ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވާން އަޙްމަދު ޝަހްބާނަށް ފުލުހުންގެ ވަނީ އަންގާފަ އެވެ.