ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގއ. އަތޮޅުގައި އޮންނަ ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީ އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

މިގޮތުން އެ ސަރަހައްދުގައި އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަނުން ހަަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި ލޯންޗްގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ 21:23 ގައެވެ.

އަލިފާން ނިއްވާލި ނަމަވެސް، ލޯންޗް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.