ހުޅުމާލެ މަސްވެރިންގެ މައިޒާން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލެ މަސްވެރިންގެ މައިޒާން ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްވެރިންނަށް ފަސޭހަ ރަނގަޅުގޮތްތައް ހޯދައިދިނުމަކީ އަބަދުވެސް ސަރުކާރުގެ އަމާޒެއްކަމުގައެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ސިނާޢަތަކީ ކޯވިޑްގެ ބަލިމަޑުގެ ތެރޭގައި އެހެންހުރިހާ ދާއިރާއެއް ގާތްގަޑަކަށް ހުއްޓުމަކަށް އައިއިރު ހުއްޓެމެއްނެތި ހިނގަހިނގާ އޮތް ސިނާޢަތްކަން ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ވަނީ ސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައްވަމުން، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ހުރިހާ ފަރާތްތައް ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރި މި މައިޒާން ބިނާކުރުމުގެ ބޭނުމަކީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް، ޚާއްޞަކޮށް މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން އެ މައިޒާން މެދުވެރިކޮށް ހަމަޖައްސައިދިނުމެވެ.