Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,144 Stories
2,588 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

މިއަހަރުގެ ހައްޖާޖީން ފުރަން ފަށައިފި
Raajje

މިއަހަރުގެ ހައްޖާޖީން ފުރަން ފަށައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެކަންޏެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ. އެގޮތުން ރޭ ފުރީ މި އަހަރު ހައްޖަށް ދާ 453 ހައްޖުވެރިންގެ ތެރެއިން 157 މީހުންނެވެ. ރޭ 11:15ގައި ރާއްޖެއިން ސައުދީ އެއަރލައިންގައި ފުރި ހައްޖުވެރިންނަށް […]

ސަލީމްގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރުކޮށްފި
News

ސަލީމްގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރުކޮށްފި

ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަދަ ހަޑި އަމަލެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ މިދިޔަ ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ވީޑިއޯތަކުގެ ތެރޭގައި މެމްބަރު ސަލީމްގެ ވީޑިއޯއެއް އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކުރަމުން އަންނާތީވެ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މެމްބަރު ސަލީމް...

އާންމު ދިރިއުޅުމަށް ބުރޫ އަރުވައިގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ: ނަޝީދު
News

އާންމު ދިރިއުޅުމަށް ބުރޫ އަރުވައިގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ: ނަޝީދު

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ދިން ހަމަލާ އަކީ އާންމު ދިރިއުޅުމަށް ބުރޫ އަރާ ފަދަ އަމަލެއް ކަމަށާއި އެކަންކަމުން ގައުމު ސަލާމަތުގެ އައްސޭރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ކޮންމެ ދިވެއްސަކަށް ވެސް ހަރާމުގެ މަގަށް އެނބުރެވެން އެބަ […...

މަޖިލިސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ އަންގަން އެދިއްޖެ
News

މަޖިލިސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ އަންގަން އެދިއްޖެ

ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރު ކުރާނަމަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގުމަށް އެމަނިކުފާނު އެދިވަޑައގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައެވެ. ނަޝީދު މި ސިޓީ ފޮނުއްވާފައި މިވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބަރަހަނާ ފޮޓޯޯތަކަކާއި، އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކަކުން ފެންނަ މީހުންނަކީ ބައެއް މަޖިލިސް މެމްބަރުންތަކެއް ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ. އެގޮތުން އޭގެ ތެރެއ...

ރިލްވާން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ރިލްވާން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި، ބޮލްގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ: މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، – މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30، – ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ) 40، މީގެ ތެރެއިން އަހަނދުއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރިކޯޑާއި، ރާއްޖޭގައި ތިބި ދިވެހިން ހަނގުރާމައަށް ސީރިއާ އަށް ރެކްރޫޓްކުރާ ކަމަށް ތުހުމަތުވާ މީހެކެވެ. މި […]

އިއްޒަތްތެރި މެންބަރެއްކަމަށް ތުހުމަތުވާ، ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަނީ
News

އިއްޒަތްތެރި މެންބަރެއްކަމަށް ތުހުމަތުވާ، ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތުކުރެވޭ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް ފުލުހުން ހިނގަމުން އަންނަ ވަޓްސްއެޕް ގުރޫޕްގައި ނޫސްވެރިއަކު ވަނީ ” އެމްޕީ އަނދުން ހުސައިން އާއި އިތުރު އަންހެނަކާއި ފިރިހެނަކު ބަރަހަނާކޮށް އެނދެއް މަތީ ތިބި ފޮޓޯ އެއް އާންމުވެފައި އެބަވޭ، ފުލުހުނގެ ސަމާލުކަމަށް މިކަން އައިސްފިތޯ” މިގޮތަށް ސުވާލުކޮށްފަ އެވެ. އެއަށް ޖ...

ކޯޓު އަމުރެއްގެ ދަށުން ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި
News

ކޯޓު އަމުރެއްގެ ދަށުން ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ރާއްޖެއިން ފުރައިގެން ދިޔަ ނުދިނުމަށްޓަކާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއި އެކު ބަދު އަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ފުލުހުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ އޭނާ ފުރައިގެން ރާއްޖެއިން ބޭރަށް ދާން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެއިތުރުން ފުލުހުން މިއަދު ބުނެފައިވަނީ، ގާ...

އިއްޔެ ހައްޔަރުކުރި ދެ ޝެއިހުންނާއި އިތުރު މީހުންގެ މުއްދަތު ޖަހައިފި
News

އިއްޔެ ހައްޔަރުކުރި ދެ ޝެއިހުންނާއި އިތުރު މީހުންގެ މުއްދަތު ޖަހައިފި

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި އިއްޔެ ހައްޔަރު ކުރި 6 މީހުންގެ ބަންދު ޖަހައިފިއެވެ. މި މައްސަލާގައި މިހާތަނަށް 12 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 6 މީހަކު ހައްޔަރު ކުރީ އެ ދުވަހު ދަނޑުންނެވެ. އަދި އަނެއް 6 މީހުން ހައްޔަރުކުރީ އިއްޔެއެވެ. އޭގެ ތެރޭގައި ދެ ޝައިހުންނާއި، ޕީޕީއެމްގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ. މިމައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ […]

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ވެސް ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އިނާމަށް އެދި ހުށަހަޅާނީ  އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި […]

އިސްލާމް އަދި ޤުރްއާން ފޮތްތައް ނެރުނީ އަލުން ޗާޕުކޮށްގެން: މިނިސްޓްރީ
Raajje

އިސްލާމް އަދި ޤުރްއާން ފޮތްތައް ނެރުނީ އަލުން ޗާޕުކޮށްގެން: މިނިސްޓްރީ

މިއަހަރު ސްކޫލްތަކަށް އިސްލާމް އަދި ޤުރްއާން ޓެކްސްޓް ފޮތްތައް ދޫކުރަނީ މިދިޔަ އަހަރު އެ ފޮތްތަކުން ފެނުނު ކުށްތައް އިސްލާހުކޮށް އަލުން ޗާޕުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރެގެން މިދިޔަ އަހަރު ތެރޭގައި ވަނީ އެކަން ފާގަފަކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބަހަން ފަށާފައެވެ. އެހެންވެ އެ މިނިސްޓްރީން ބުނީ ފޮތްތައް ބަހަނީ […...

އަނގޮޅިތީމު ސްކޫލްގައި ދެ ކްލާސް ރޫމް އަޅަން ހަވާލުކޮށްފި
Raajje

އަނގޮޅިތީމު ސްކޫލްގައި ދެ ކްލާސް ރޫމް އަޅަން ހަވާލުކޮށްފި

ރ.އަނގޮޅިތީމު ސްކޫލުގައި 2 ކްލާސްރޫމް އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 1,388,059.44ރ (އެއްމިލިއަން ތިންލައްކަ އަށްޑިހަ އަށްހާސް ފަންސާސްނުވަރުފިޔާ ސާޅީސްހަތަރު ލާރި )އަށް މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަ...

ދަނބިދޫ ކަލައިދޫ ކޯޒްވޭ ހެދުމަށް އީއައިއޭގެ މަސައްކަތް ދަނީ ކުރިއަށް: ނައިބު ރައީސް
Raajje

ދަނބިދޫ ކަލައިދޫ ކޯޒްވޭ ހެދުމަށް އީއައިއޭގެ މަސައްކަތް ދަނީ ކުރިއަށް: ނައިބު ރައީސް

ދަނބިދޫ އާއި ކަލައިދޫ ގުޅުވާލަން ހަދާ ކޯޒްވޭގެ އީއައިއޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ މެންބަރުންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމުގެ ވައުދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅ...

ރައީސް ރުވާންޑާގެ ވެރިރަށް ކިގާލީގައި
Raajje

ރައީސް ރުވާންޑާގެ ވެރިރަށް ކިގާލީގައި

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރުވާންޑާގެ ވެރިރަށް ކިގާލީއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީއެވެ. ރައީސް...

ބިދޭސީން ބައިތިއްބާތީ މާރުކޭޓުތަކުން 50 ގޮޅި ބަންދުކޮށްފި
Raajje

ބިދޭސީން ބައިތިއްބާތީ މާރުކޭޓުތަކުން 50 ގޮޅި ބަންދުކޮށްފި

މާރުކޭޓުތަކުގައި ގޮޅިތައް ބެލެހެއްޓުމަށް ބިދޭސީން ބޭތިއްބުން މަނާކޮށްފައިވަނިކޮށް އެކަން އެގޮތަށް ކުރާ 50 ގޮޅިއެއް ބަންދުކޮށްފިއެވެ. މާލެ ތެރޭގައި ބިދޭސީން ވިޔަފާރި ގޮޅިތައް ހިންގުން އާންމުވެފައިވާތީ އެކަން މަނާކޮށް ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީން އުސޫލެއް ނެރުނީ 2020 ވަނަ އަހަރުއެވެ. މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އުސޫލާ ހިލާފުވެ ގޮޅިތަކުގައި ބިދޭސީން ބައިތިއްބާފައިވާތީ 50 ގޮޅިއެއް ވަނީ ބަންދުކޮށްފައެވެ. އަދި އެ ގޮޅިތަކުގެ ވެރިން ޖޫރިމަނާކޮށްފައިވެސް ވެއެވެ. ލޯކަލް މާރުކޭޓުގައި ބިދ...

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޒައިފާ
Raajje

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޒައިފާ

ހައި ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިގޮތުގައި ހުޒައިފާ އެ މަގާމަށް އައްޔަންކުރަން ނިންމީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީން “ހައިލީ ރިކޮމެންޑެޑް” ބޭފުޅާ ކަމަށް އެ ކޮމިޝަނަށް ލަފާދީފައިވާތީ […]