މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ވެސް ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިނާމަށް އެދި ހުށަހަޅާނީ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ.
މި ތިން ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ އެ ކައުންސިލުން މިހާރު ވަނީ އާންމުކޮށްފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނަންހުށަހެޅުމަށް ހުޅުވާލުން.https://t.co/T5r6oRYywA pic.twitter.com/U3wtOFiLIM
— Maldives Media Council (@mmc_mv) June 23, 2022
ކުރިއާއި ހިލާފަ ށް މިފަހަރު ދެ ކެޓަގަރީއަކުން އިނާމު ދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީ ބްރޯޑްކާސްޓިންގ ކެޓަގަރީ އެވެ.
މި އަހަރު އިނާމު ދިނުމަށް ނިންމާފައި ވަނީ ޖުމްލަ 12 ދާއިރާއަކުންނެވެ. އެއީ:
- ތަހުގީގީ ނޫސްވެރިކަން
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
- ސިޔާސީ
- ޝަރުއީ އަދި ގާނޫނީ
- ވިޔަފާރިއާއި އިގްތިސޯދު
- ކުޅިވަރު
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޖާނަލިޒަމް
- ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
- ފީޗާ
- އެންމެ އުންމީދީ ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
މީގެ ކުރިން އެކައުންސިލުން ހުޅުވާލާ އޯޑިއޯ ޖާނަލިޒަމް މިފަހަރު ވަނީ އުނިކޮށްފަ އެވެ. މިއިނާމަށް ހުޅުވާލުމާއި އެކު ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ވަނީ އާންމުކޮށްފަ އެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއްވަނީ ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!