މިއަހަރު ސްކޫލްތަކަށް އިސްލާމް އަދި ޤުރްއާން ޓެކްސްޓް ފޮތްތައް ދޫކުރަނީ މިދިޔަ އަހަރު އެ ފޮތްތަކުން ފެނުނު ކުށްތައް އިސްލާހުކޮށް އަލުން ޗާޕުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރެގެން މިދިޔަ އަހަރު ތެރޭގައި ވަނީ އެކަން ފާގަފަކޮށްފައެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބަހަން ފަށާފައެވެ. އެހެންވެ އެ މިނިސްޓްރީން ބުނީ ފޮތްތައް ބަހަނީ ކުށް އިސްލާހުކޮށް އަލުން ޗާޕުކުރުމަށް ފަހު ކަމަށެވެ.

އިސްލާމް އަދި ޤުރްއާން ފޮތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުށް ފާހަގަވެފައިވަނީ ގްރޭޑް 1 ގެ ދަރިވަރުންގެ ފޮތްތަކުންނެވެ. އޭގެ ފަހުން 2، 10 އަދި 12 ގެ ފޮތްތަކުން ވެސް މި މައްސަލަތައް ފާހަގަވިއެވެ.

އެހެންވެ މިނިސްޓްރީން މިދިޔަ އަހަރު ވަނީ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ގުރުއާން ފޮތްތައް މިނިވަން ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީން ޕްރޫފް ރީޑް ކުރުމުގެ މަސައްކަތްކޮށްފައެވެ.