ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި އިއްޔެ ހައްޔަރު ކުރި 6 މީހުންގެ ބަންދު ޖަހައިފިއެވެ.

މި މައްސަލާގައި މިހާތަނަށް 12 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 6 މީހަކު ހައްޔަރު ކުރީ އެ ދުވަހު ދަނޑުންނެވެ. އަދި އަނެއް 6 މީހުން ހައްޔަރުކުރީ އިއްޔެއެވެ. އޭގެ ތެރޭގައި ދެ ޝައިހުންނާއި، ޕީޕީއެމްގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ.

Ad
rt

މިމައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ.

އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.

މި މައްސަލާގައި އެ ދުވަހު ދަނޑުން ހައްޔަރުކޮށްފައި ވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

އެ މީހުންގެ ތެރެއިން މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިން އަދި އަމީން އަޙްމަދަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުޙައްމަދު ޛިލްޔަން އާއި ސާމީ ރަޝާދު އިދުރީސްއަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.