ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތުކުރެވޭ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް ފުލުހުން ހިނގަމުން އަންނަ ވަޓްސްއެޕް ގުރޫޕްގައި ނޫސްވެރިއަކު ވަނީ " އެމްޕީ އަނދުން ހުސައިން އާއި އިތުރު އަންހެނަކާއި ފިރިހެނަކު ބަރަހަނާކޮށް އެނދެއް މަތީ ތިބި ފޮޓޯ އެއް އާންމުވެފައި އެބަވޭ، ފުލުހުނގެ ސަމާލުކަމަށް މިކަން އައިސްފިތޯ" މިގޮތަށް ސުވާލުކޮށްފަ އެވެ. އެއަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ، "މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" މިހެންނެވެ.
މި ފޮޓޯ ޓުވިޓަރގައި އާންމުކޮށްފައިވަނީ އަލަށް ހެދި ޓުވިޓަރ އެކައުންޓަކުންނެވެ. އަނދުން ހުސައިންކަމަށް ތުހުމަތުކުރެވޭ މީހާ އާއެކު އަންހެނަކާއި އަދި އެހެން ފިރިހެނެއްވެސް އެއް އެނދެއްގެ މަތީ ބަރަހަނާ ހާލުގައި އެ ފޮޓޯ އިން ފެނެއެވެ.
އެ ފޮޓޯ އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ވީޑިއޯއެއް އާންމުވުމުން ބަދަލު ހިފުމަށް ކަމަށް އެޓުވިޓަރ އައިޑީއިން ބުނެފައިވެއެވެ.
އަލަށް ހެދި އެ ޓުވިޓަރ އެކައުންޓުން ފުރަތަމަ ވެސް ޓުވީޓުކޮށްފައި ވަނީ ނާޒިމްގެ ވީޑިއޯ ލީކުކޮށްލީ އަގު ވައްޓާލަން ކަމަށް ބުނެއެވެ. އަދި އެކަން އެހެން ކުރުމަށް ފަހު ނޫޅެވޭނެ ކަމަށް ބުނެ ރޭ 8:30 ގައި އަނދުން ހުސައިންގެ ފޮޓޯ ލީކުކުރާނެ ކަމަށް ކުރިއާލާ އިންޒާރު ވެސް ދިނެވެ.
ފުލުހުން މިހާރު މި މައްސަލަ ބަލަން ފަށާފައި ވާއިރު، ނާޒިމްގެ ވީޑިއޯގެ މައްސަލާގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހަށް ވެސް ހާޒިރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!