މާރުކޭޓުތަކުގައި ގޮޅިތައް ބެލެހެއްޓުމަށް ބިދޭސީން ބޭތިއްބުން މަނާކޮށްފައިވަނިކޮށް އެކަން އެގޮތަށް ކުރާ 50 ގޮޅިއެއް ބަންދުކޮށްފިއެވެ.
މާލެ ތެރޭގައި ބިދޭސީން ވިޔަފާރި ގޮޅިތައް ހިންގުން އާންމުވެފައިވާތީ އެކަން މަނާކޮށް ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީން އުސޫލެއް ނެރުނީ 2020 ވަނަ އަހަރުއެވެ.
މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އުސޫލާ ހިލާފުވެ ގޮޅިތަކުގައި ބިދޭސީން ބައިތިއްބާފައިވާތީ 50 ގޮޅިއެއް ވަނީ ބަންދުކޮށްފައެވެ. އަދި އެ ގޮޅިތަކުގެ ވެރިން ޖޫރިމަނާކޮށްފައިވެސް ވެއެވެ.
ލޯކަލް މާރުކޭޓުގައި ބިދޭސީން ތިބޭ މައްސަލަ އަކީ ދުވަހަކު ވެސް ހައްލުވި މައްސަލައެއް ނޫނެވެ. ދޭތެރެއަކުން ފުލުހުން ގޮސް، ބިދޭސީން ފައްސާލާ އިރަށް، ދުވަސްކޮޅެއް ފަހުން އެތަނަށް ހަމަ އެ މީހުން ގޮސް ވިޔަފާރި ފަށަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!