ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ރާއްޖެއިން ފުރައިގެން ދިޔަ ނުދިނުމަށްޓަކާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއި އެކު ބަދު އަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ފުލުހުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ އޭނާ ފުރައިގެން ރާއްޖެއިން ބޭރަށް ދާން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Ad
rt

މީގެއިތުރުން ފުލުހުން މިއަދު ބުނެފައިވަނީ، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރި މައްސަލައެއް ވެސް ފުލުހަށް ހުށަހަޅާފައިވުމުން އެމައްސަލަވެސް ބަލަމުން އަންނަކަމުގަ އެވެ.

އިއްޔެ އެ ވީޑިއޯ އާންމުވުމާއި އެކު ފުލުހުން އެ މައްސަލަ ބަލަން ފަށައި، ނާޒިމް ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެއެވެ.

އެވީޑިއޯއިން އެމީހާ ކޮޓަރިއަށް ވަން ހިސާބުން ފެށިގެން ނިކުތުމާއި ހަމައަށް ވެސް ފެންނަ 15 މިނެޓުގެ އެ ދިގު ވީޑިއޯ އާންމުވި އިރު، ނާޒިމް ވަނީ އޭނާގެ ސަކަ މިޒާޖުގައި ތަކުރާރުކޮށް އެކަމަށް އިންކާރުކޮށް ޓުވީޓުކުރައްވާފައެވެ. އެގޮތުން އެވާހަކަ ސޯޝަލް މީޑިއާގައި ދެއްކި ބައެއް ނޫސްވެރިންނަށް ރައްދުވެސް ދީފައިވެއެވެ. އެކަމަކު މައްސަލަ ހޫނުވުމާއި އެކު ނާޒިމް ވަނީ އޭނާގެ ޓުވިޓަ އެކައުންޓު ވެސް ޑީއެކްޓިވޭޓް ކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ މީސް މީޑިއާގައި އާންމުވުމާއެކު ނާޒިމް ވަނީ އެ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެފައެވެ.