ބޭނުންވާ ތަކެތި
ކައްކާފައިވާ 2 ގުޅަ ފަތް (ފަތް ކައްކާނީ ފަތްތައް ނޮޅާފަ ރަނގަޅަށް ދޮވެފަ ބޮޑު ތެއްޔަކައް ފެން އަޅާފަ އޭގެ ތެރެއަށް ފަތްތައް އަޅައިގެން. ރަނގަޅަށް ކެކެން 45މިނިޓް ވަރު ނަގާނެ. ކެކުނީމަ ރީތިކޮށް ދޮވެލާފަ ފެން ފެލާލާފަ ބޮޑެތިކޮށް ގުޅަ ޖަހާލާނީ).
1 ފިޔާ (ތުނިކޮށް ކޮށާލާފަ)
1 ގިތެޔޮ މިރުސް (ތުނިކޮށް ކޮށާލާފަ)
1/2 ލުނބޯގެ ހުތް
1 ޖޯޑު ހުނި
2 ގުޅަ ފަތް ކުދިކޮށް ކޮށާފައި
1 ދަޅު މަސް
4 ސަމްސާ ރިހާކުރު
ރަހަ ލާވަރަށް ލޮނު
ތައްޔާރުކުރާނެ ގޮތް:
ފިޔާ، މިރުސް، ލޮނު، ލުނބޯ އެކޮށް ރަނގަޅަށް މޮޑެލާފަ ފަތް ނޫން އެހެން ހުރިހާ އެއްޗެއް އެއްކޮށް މޮޑެލީމަ ހުންނަނީ މަސްހުނި ހެދިފައެވެ. ދެން އޭގެ ތެރެޔަށް ފަތްކޮޅު އެއްކޮލާފަ ރަނގަޅަށް މޮޑެލާށެވެ. ފަތް އަޅާފައި ފިއްތައިގެން ނުވާނެ އެވެ. ފިތީމަ ރަހަ ނުބައިވާނެ އެވެ.
މުރަނގަ ފަތު މަސްހުނި ބައްޕެނާ އެކު ނޫނީ ބަތާ އެކުވެސް ވަރަށް ކަމުދާނެ އެވެ. ރޮއްޓާ އެކުވެސް ވަރަށް ކަމުދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!