މޯލްޑިވްގޭސްގެ މައި ޓާރމިނަލް، ތިލަފުށީގައި އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާއިއެކު އެކްސްޓަރނަލް ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.
އެލައިޑް އިންސުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އެވެ.
މޯލްޑިވް ގޭހުން ބުނެފައިވާގޮތުގައި މި މަޝްރޫޢުތައް ނިމޭއިރު، މިހާރުހުރި ސްޓޯރޭޖްގެ ކެޕޭސިޓީ ގާތްގަނޑަކަށް 5 މަސް ދުވަހަަށް ބޭނުންވާ ގޭސް ރައްކާކުރުމުގެ ނިޒާމަކަށް ތަރައްގީކުރެވިގެންދާނެއެވެ.
އެތަނުގައި މިހާރު ގާއިމުކުރެވިފައި ވަނީ 35 ދުވަހަށް ގޭސް ރައްކާކުރެވޭ ނިޒާމެކެވެ.
މޯލްޑިވް ގޭހަކީ އެސްޓީއޯގެ ދަށުން ހިންގާ، ސަރުކާރުގެ ގޭސް ކުންފުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!