ހުޅުމާލޭގައި އަޅާ މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭގައި ފެށުމަށް ތައްޔާރުވަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 500 އެނދުގެ ޖާގަ ހިމެނޭހެން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަ...