ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނިގޮތުގައި މި މައްސަލަ އެ އިދާރާ އަށް ރިޕޯޓުކޮށްފައި ވަނީ 12 މާރިޗު 2026 ގެ ރޭ 19:06 ހާއިރު އެވެ.

Ad
rt

''މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައި'' ފުލުހުން ބުނެފަވެއެވެ.

މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންކަމަށް ވެސް ފުލުހުން ބުންޏެވެ.