ބާރުގަދަ އެމެރިކާގައި ކޯވިޑް19 އަށް ފައްސިވި މީހުންގެ އަދަދު 1 މިލިއަނަށް
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ. މިރޭ މިހައިތަނަށްވެސް އެމެރިކާގައި 1,004,942 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. މަރުވީ މީހުންގެ އަދަދު މިހާރު އޮތީ 56527 ގައެވެ. މިހާރުގެ ހިސާބުތަކަށް ބަލާއިރު ދުވާލަކު އެންމެ ގިނަ މީހުންނަށް ބަލި ޖެހެނީވެސް އަދި އެންމެ ގިނަ މީހުން މަރުވަނީވެސް އެމެރިކާގައެވެ. މިއަދު މިހައި ތަނަށް 1114 މީހުން މަރުވެއްޖެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ފަސޭހަ ވެފައި ވަނީ 137591 މީހުންނެވެ. ހާލުދެރަކޮށް […]