ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ހއ. އިވަންދޫ އިން ޖުމްލަ 35 މީހެއްގެ ސާމްޕަލް ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.
އިހަވަންދޫ އިން 35 މީހެއްގެ ސާމްޕަލް ނަގަން ނިންމިއިރު، އެ ތިރީސް ފަސް މީހުންގެ ތެރޭގައި ކާވިޔާ ބޯޓުން ދަތުރު ކުރި އެރަށަށް ނިސްބަތްވާ އެންމެންވެސް ހިމެނެއެވެ.
ެއިހަވަންދޫ ކައުންސިލުން ބުނީ އެރަށުގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޖުމްލަ 35 މީހުންގެ ސާމްޕަލް ނަގާ ގޮތަށް ހަމަޖެހިއްޖެ ކަމަށެވެ. އެ މަސައްކަތް ނިމޭއިރު ކާވިޔާ ބޯޓުން ދަތުރުކުރި އެންމެންގެ ސާމްޕަލް ނެގިގެން ދާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އިހަވަންދޫއިން ފުރަތަމަ ނަގަން ހަމަޖެހުނީ 23 މީހެއްގެ ސާމްޕަލެވެ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި ބަޔަކާއި، ކުޅުދުއްފުށީ ސީ ކްއީން ބޯޓުން ދަތުރު ކުރި އެރަށު ބައެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ.
އިހަވަންދޫ ކާވިޔާ ބޯޓަކީ، ހއ. އުލިގަމުން ކޯވިޑަށް ފައްސިވި މީހާ ދަތުރުކުރި ބޯޓެވެ.
ކުޅުދުއްފުށީ ސިޓީއިންވެސް މިއަދު ވަނީ މީހެއްގެ ސާމްޕަލް ނަގައި، ގެއެއް ކަރަންޓީނު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!