މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބައްޔަށް ފައްސިވި މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފިއެވެ.

27 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، މެންދުރު 13:35 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

Ad
rt

ފައްސިވި މީހުންގެ ޢަދަދު: 3,003,392
މަރުވި މީހުންގެ ޢަދަދު: 207,096
ރަނގަޅުވި މީހުންގެ ޢަދަދު: 882,668

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 55,415 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެގައުމުގައި އެވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ މިލިއަނަކާއި ކައިރިކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނާއި ސްޕެއިނުންނެވެ.

އެގޮތުން އިޓަލީން މިހާތަނަށް 26،644 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ސްޕެއިނުން މަރުވެފައިވަނީ 23،190 މީހުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ވެސް ވަނީ އެގައުމުގައި ބަލީގައި މަރުވި މީހުންގެ އަދަދު 20،000 އިން މައްޗަށް ގޮސްފައިވާކަން ހާމަކޮށްފައެވެ.

ފްރާންސްގައި ކޮވިޑް ޖެހުނު 22،000 އަށްވުރެ ގިނަ މީހުން މަރުވެފައިވީ ނަމަވެސް އެގައުމުގެ ހެލްތު އޮފިޝަލުން ވަނީ މިހާރު ބަލީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަން ހާމަކޮށްފައެވެ.

މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 210 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ.