ށ. ނަރުދޫ އަމާޒު ބޯޓާއި އެކު އުތުރުގެ އިތުރު ރަށްތަކެއް މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.
އެޗްޕީއޭއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އަމާޒު ބޯޓުގެ އިތުރުން، ހއ. އިހަވަންދޫ ކާވިޔާ ބޯޓުވެސް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.
ހއ. އަތޮޅުން މޮނިޓަރިންގ ހާލަތުގައި އޮތް ރަށްތައް
- އުލިގަމު
- އުތީމު
- ދިއްދޫ
ހދ. އަތޮޅުން މޮނިޓަރިންގ ހާލަތުގައި އޮތް ރަށްތައް
- ކުޅުދުއްފުށީ ސިޓީ
- ކުމުންދޫ
- ހިރިމަރަދޫ
ށ. އަތޮޅުން މޮނިޓަރިންގ ހާލަތުގައި އޮތް ރަށްތައް
- ނަރުދޫ
- ފުނަދޫ
- މިލަންދޫ
- ފީވަށް
- މާއުނގޫދޫ
- ގޮއިދޫ
- ޅައިމަގު
ނ. އަތޮޅުން މޮނިޓަރިންގ ހާލަތުގައި އޮތް ރަށްތައް
- ހޮޅުދޫ
- މާފަރު
- މިލަންދޫ
- ކެނދިކުޅުދޫ
- ހެނބަދޫ
- ވެލިދޫ
އުތުރުން މިހާ ގިނަ ރަށްތަކެއް މޮނިޓަރިންގ އަށް ގެނެސްފައި މިވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން އަދި ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި އެ އަތޮޅު އުލިގަމު މީހެއް ކޯވިޑް-19 ފައްސިވެފައި ވަނިކޮށެވެ.
އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑަށް ފައްސިވި އިރު އެބޯޓު ގައި 98 މީހަކު ދަތުރު ކޮށްފައި ވެއެވެ. އަދި އެ ބޯޓުވަނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އިހަވަންދޫ ކާވިޔާ ބޯޓުންވެސް ވަނީ ގިނަ ބަޔަކު ދަތުރުކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު ވަނީ 226 އަށް އަރާފައެވެ. މިއަދު މިހާތަނަށް މިބައްޔަށް ފައްސި ވެފައިވަނީ ބާރަ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!