އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ. މިރޭ މިހައިތަނަށްވެސް އެމެރިކާގައި 1,004,942 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. މަރުވީ މީހުންގެ އަދަދު މިހާރު އޮތީ 56527 ގައެވެ.

މިހާރުގެ ހިސާބުތަކަށް ބަލާއިރު ދުވާލަކު އެންމެ ގިނަ މީހުންނަށް ބަލި ޖެހެނީވެސް އަދި އެންމެ ގިނަ މީހުން މަރުވަނީވެސް އެމެރިކާގައެވެ. މިއަދު މިހައި ތަނަށް 1114 މީހުން މަރުވެއްޖެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ފަސޭހަ ވެފައި ވަނީ 137591 މީހުންނެވެ. ހާލުދެރަކޮށް ތިބީ 14175 މީހުންނެވެ.

Ad
rt

ހަލުވިކަމާއި އެކު ބަލިފެތުރެމުންދާ އެމެރިކާއަކީ އެންމެ ގިނައިން މިބައްޔަށް ޓެސްޓު ކުރަމުންދާ ގައުމެވެ. އެގޮތުން މިހައިތަނަށް ވަނީ ފަސް މިލިއަނަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ހުރީ ތިން މިލިއަނުން މަތީގައެވެ. އެމެރިކާގައި ބަލި ޖެހުނު މީހުންނަކީ މުޅި ދުނިޔޭގައި ބަލި ޖެހުނު މީހުންގެ ތިންބައިކުޅަ އެއްބައެވެ.

ވަކި ސިޓީތަކަށް ބަލާއިރު އެމެރިކާގައި އަދިވެސް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހެނީ ނިވް ޔޯރކްގައެވެ. އެސިޓީގައި އެކަނިވެސް 3 ލައްކައާއި ކައިރިކުރާއަދަދަކަށް މީހުން ވަނީ ފައްސިވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެސިޓީއިންނެވެ. މިއަދު އެކަނިވެސް އެސިޓީއިން 337 މީހަކު މަރުވެފައިވާއިރު 22612 މީހުންވަނީ މިބަލީގެ ސަބަބުން މަރުވެފައެވެ.