ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫއަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓާލް ކުރުމުގެ މަސައްކަތް ފަށައިފިކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.
ފެނަކައިން ބުނީ ދިއްދޫ އަށް ފޮނުވި800 ކިލޯ ވޯޓުގެ ޖެންސެޓް ބެޑްއަށް އަރުވާ އިންސްޓާލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަށް ފޮނުވި800 ކިލޯ ވޯޓުގެ ޖެންސެޓް ބެޑްއަށް އެރުވުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށެވެ.
HDh. Kulhudhuffuhtah fonuvi 800kW ge aa genset bedah eruvumuge masahkaiy mihaaru kuriah dhany. #TeamFenaka pic.twitter.com/YzSt920pAb
— Fenaka Corporation Ltd (@TeamFenaka) April 26, 2020
ދިއްދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެރަށަށް ޖެންސެޓް ފޮނުވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
HA. Dhidhdhoo ah fonuvi 800kW ge aa genset bedah aruvai, install kurumuge masahkaiy mihaaru kuriah dhany. #TeamFenaka pic.twitter.com/V2jtY0nH5b
— Fenaka Corporation Ltd (@TeamFenaka) April 26, 2020
ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ކުރުމަށް މިދިޔަމަހު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. ޖުމްލަ 15.7 މިލިއަން ރުފިޔާގެ މި މަޝްރޫއު 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް، މަޝްރޫއު ނިންމަން ޖެހެނީ އަންނަ އަހަރުގެ ފެބްރުއަރީ 22 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!