ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 11 މީހަކު ފައްސި ވެއްޖެއެވެ.

މިއާއި އެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 188 އަށް އެރީއެވެ.

Ad
rt

އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި، ދިވެއްސަކާއި، އިންޑިއާ މީހެއް ކަމަށެވެ.

މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރޭ ފަތިހުވެސް އެޗްޕީއޭއިން ވަނީ ރާއްޖެއިން 36 މީހަކު މިބައްޔަށް ފައްސިވި ކަން ހާމަ ކޮށްފައެވެ.

އެޗްޕީއޭ އިން ހާމަ ކުރި ގޮތުގައި އެ 36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، 6 ދިވެއްސަކާއި، އިންޑިއާ މީހެކެވެ.

ރާއަޖެއިން މިއަދު އެކަނިވެސް މިބަލި މިވަނީ 47 މީހުންނަށް ޖެހިފައެވެ.