ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްފެފައިވާކަމާއި ގދ.ތިނަދޫއިން މަރުވި ދެމީހަކާއި މާލެއިން މަރުވި މީހެއްގެ ސާމްޕަލް ނަގާ ކޯވިޑަށް ޓެސްޓްކުރަމުން އަންނަކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅިވުމުން އިތުރު ބިރުވެރިކަމެއް އުފެދިއްޖެއެވެ.
މީގެ އިތުރުން މި 3 މީހުންގެ ތެރެއިން އެކަކު ގެ ނަތީޖާލިބި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ބަޔެއް ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުން ނެވެ. ރާއްޖޭގެ ނޫހަކުން (ދުވަސް އެމްވީ) ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން މާލޭގައި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާ ގެއަކުން މީހަކު ނިޔާވެފައިވާއިރު، އެމީހާގެ ނަތީޖާވެސް ޕޮޒިޓިވް ވެފައިވާކަމަށަ ވަރަށް މުއުތަބަރު ގޮތެއްގައި އެ ނޫހަށް އެނގިފައިވާ ކަމަށެވެ.
އެ ނޫހުގައި ބުނެފައިވާގޮތުގައި، އެއީ މި މަހުގެ 22 ވަނަ ދުވަހު މޮނީޓަރިން ހާލަތަށް ގެންދިޔަ ގެއަކަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކަރުގެ އެއްވެސް މުވައްސަަސާއަކުން މިކަން އަދި ހާމައެއް ނުކުރެއެވެ.
އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު މަަބްރޫކް ޢަޒީޒް ވިދާޅުވީ، ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މަރުވި އުމުރުން 95 ދުވަސްވީ މީހަކާއި، މިއަދު 78 އަހަރުގެ މީހެއްގެ ސާމްޕަލް ކޯވިޑަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ. އަދި އެމީހުންނަކީ ނޭވާލާން އުނދަގޫތަކެއް ހުރި މީހުންކަމަށާއި، އެމީހާއަށް ފަރުވާދެމުން އައިސްފައިވަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި މިއަދު މާލެއިން 83 އަހަރުގެ މީހަކު މަރުވެފައިވާއިރު، އެމީހަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައިވާ މީހެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އޭނާއަކީވެސް އިތުރު ބަލިތަކަކަށް ފަރުވާ ހޯދަމުން އައިސްފައިވާ މީހެއްކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މަރުވި މި ތިން މީހުންގެ ސާމްޕަލް ކޯވިޑް19 އަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ކޭސްއަކީ ކޮވިޑް ކޭސްއަކަށް ވެދާނެތޯ ނޫންތޯ ބަލަމުން އަންކަމަށާއި، ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށް ވިދާޅުވިއެވެ. މަބްރޫކް ވަނީ ޓެގް ޓީމުން މިކަމުގެ އިތުރު މަޢުލޫމާތު މާދަމާ ދޭނެކަމަށްވެސް މަބްރޫކް ވިދާޅުވެފައެވެ.
ރޭންޑަމްކޮށް ސާމްޕަލްކޮށް ނަގަން ފަށާފައިވަނީ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ބަލި ފެތުރިފައިވާ މިންވަރު ބެލުމަށެވެ. ބަލި ފެތުރިފައިވާ މިންވަރު ބެލުމަށާއި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅޭ ކްލާސްޓާތައް އިތުރަށް ހޯދުމަށް މަގުމަތިން ރެޑަމްކޮށް ސާމްޕަލް ނަގަން ފެށީ މި ހަފުތާގެ ތެރޭގަ އެވެ.
ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ ރެޑަމް އެއް ސާމްޕަލް މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރެޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަރަށް ފުޅާކޮށް ކުރަމުންދާތީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. ރޭންޑަމްކޮށް ސާމްޕަލް މިހާތަނަށް ނަގާފައިވަނީ މާލެ ސަރަހައްދުންނެވެ.
ކޯވިޑު ޖެހުނު 80 އަހަރުގެ ދިވެހި މީހާގެ ހާލު ދެރަވެ އޮކްސިޖަން ގުޅައިގެން ފަރުވާދޭން ފަށާފައިވާކަމަށާއި ކޯވިޑް 19އަށް ޕޮޒިޓިވްވި ސިފައިންގެ މީހުންގެ އަދަދު 20 އަށް އަރައިފައިވާކަމަށްވެސް މިރޭގެ ނޫސަވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 278 އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 127 ދިވެހިންނާއި 152 ބިދޭސީންނެވެ. މިރޭ މިކަން ކަމުގެ އިތުރު މަޢުލޫމާތު ދިނުމަށް އެންއޯސީގެ އިތުރު ނޫސްކޮންފަރެންސްއެއް އޮންނާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!