ގއ. ކަނޑުހުޅުދޫގައި އުމުރުން 4 ގެ ކުއްޖަކު ވަޅަކަށްވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްކަމަށެވެ.
ވަޅަށް ވެއްޓުނު ކުޑަކުއްޖާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަން އެރަށު ހެލްތް ސެންޓަރާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

މިހާދިސާ ފުލުހުންނަށް ހުށައަޅާފައި ވަނީ މިއަދު 11:00 ހާއިރުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ތަޙްޤީގުކުރަމުން ދާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!