ކޯވިޑް-19 އަށް ޕޮޒިޓިވްވި ށ. މިލަންދޫ މީހާއާއި ސީދާ ބައްދަލުވި 8 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

އެކަން ހާމަކޮށް މިލަންދޫ ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މިލަންދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްވި 8 ފަރާތުގެ ސާމްޕަލް ނެގިއްޖެ ކަމަށެވެ.

Ad
rt

އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާއަކީ މާތްﷲ ހެޔޮރަހުމަތްފުޅުން ކޯވިޑް-19 އަށް އެ އެންމެންވެސް ނެގެޓިވުވުން ކަމަށް އެމަރުކަޒުން ވަނީ ބުނެފައެވެ.

ށ. މިލަންދޫ އިން ކޯވިޑް-19 އަށް ފައްސިވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން ދަތުރު ކުރި މީހެކެވެ. އަމާޒު ބޯޓުގެ ކެޕްޓަން މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާގެ އަނބިމީހާއާއި، ތިން ދަރިންނާއި، އޭނާގެ ޅީ ދަރިއަކާއި އަދި އަމާޒު ބޯޓުގެ 2 ފަޅުވެރިން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިލަންދޫ އިން މިބައްޔަށް ފައްސިވި މީހާ ދޮނަކުނި އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް އެމަރުކަޒުން ވަނީ ބުނެފައެވެ.

ށ. ނަރުދޫން ޕޮޒިޓިވްވި މީހުން ދޮނަކުޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިރޭ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިބަލީގައި ފުރަތަމަ ފަހަރަށް މީހަކު ނިޔާވެފައި ވާއިރު، މިހާތަނަށް 269 މީހަކަށް ރާއްޖެއިން މިބަލި ވަނީ ޖެހިފައެވެ.