ކޯވިޑް-19 އަށް އަލަށް 95 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ. އެހެން ކަމުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 396 އަށް އަރާފައެވެ.

މިއީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނައިން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 73 މީހުންނެވެ.

Ad
rt

މިފަހަރު އަލަށް ޕޮޒިޓިވްވި 95 މީހުންނަކީ މުޅިންވެސް ބިދޭސީންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުން މިއަދު މިބައްޔަށް ފައްސިވި 95 މީހުން ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 61 މީހަކާއި އިންޑިއާގެ 32 މީހެއް އަދި ނޭޕާލްގެ ދެ މީހަކު ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޖުމްލަ 396 މީހުން ޕޮޒިޓިވް ވެފައިވާ އިރު، އޭގެ ތެރެއިން 17 ވަނީ މީހަކު ރަނގަޅުވެފައެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީސް ތަކުގައި 1289 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 285 މީހަކު އެބަ ތިއްބެވެ.