އެމްޕީއެލްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފު އެންމެ ފަހުން ވަޒީފާ އަށް ނުކުތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

Ad
rt

ކުންފުނީގެ ވަކި މުވައްޒަފުންތަކެއް ލޮކްޑައުންގައި ތިބެގެން މަސައްކަތްކުރަމުން އަންނަ އިރު، ޕޮޒިޓިވްވީ އޭގެ ތެރެއިން މުވައްޒަފެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އެއީ ލޮކްޑައުން ސްޓާފުންނާއެކީ ލޮކްޑައުންވި ސްޓާފެއް ނޫން. އޭނާއަކީ އާންމުކޮށް ޑިއުޓީއަށް ނުކުންނަ އުސޫލުން 18 ވަނަ ދުވަހު އެންމެ ފަހު ދުވަހަކަށް މުއައްޒަފު ނިކުމެފަ މި ވަނީ. އެ ފަހުން އެހެން މުއައްޒަފެއް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) މިހާތަނަށް ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 468 އަށް އަރައިފަ އެވެ.