ރާއްޖެއިން ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް މަރުވި މީހާ ވަޅުލައިފިއެވެ.
ކޮވިޑް19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި މީހާއާ ގުޅިގެން އިތުރު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަރުވި މީހާގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ތައުޒިޔާ ދަންނަވާފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ޖެހިގެން މަރުވެފައި ވަނީ އައިމިނަތު އާދަމް ނަމަކަށް ކިޔާ 83 އަހަރުގެ އަންހެނެއް ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެމީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި (ކޭސް ނަންބަރު 126) ގުޅިފައިވާ މީހެއް ކަމަށެވެ.
“އައިމިނަތު އާދަމް ނިޔާވެފައި ވަނީ ކޮވިޑް19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ފަހުން. އޭނާގެ ސާމްޕަލް ނަގާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހު. ނަތީޖާ ލިބުނު އިރު ވަނީ ނިޔާވެފައި،”
އަމީން ވިދާޅުވިއެވެ.
މި މީހާ ވަޅުމުގެ ކަންކަން ކުރާނީ އަންހެން ސިފައިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިރޭ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!