ފޯޅަވަހި ކައިރިއަށް 6.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ފޯޅަވަހި ކައިރިއަށް 6.2 މެގްނިޓިއުޓް ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ އާއި 501 ކިލޯމީޓަރު ދުރުންކަމަށް އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވެއެވެ. މިބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މިރޭ 10:24 ގައެވެ. އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން މިބިންހެލުމުގެ ބާރުމިނަކީ 6.2 ކަމަށް ބުނެފައިވީނަމަވެސް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ދެންމެ ބުނެފައިވަނީ ބިންހެލުމުގެ ބާރުމިނަކީ 5.8 ކަމަށެވެ. އަދި މި ބިންހެލުން އައިސްފައިވަނ...