ހއ. ދިއްދޫގައި ކުރިއަށްދާ ނައިން އަ ސައިޑް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ލައިކަން ސްޕޯރޓްސް އަދި ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބް ދަތުރުކޮށްފި އެވެ.
ދިއްދޫގައި މިމަހު 15 ވަނަ ދުވަހުފެށި ކުރިއަށްދާ މިމުބާރާތަކީ ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ. މުބާރާތުގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވެއެވެ.
އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ޓީނޭޖް ސެމީއަށް ދަތުރުކޮށްފައިވަނީ ބީއެކްސް އާއި ކުޅެ ޕެނަލްޓީ ޖަހައި ކުރިހޯދައިގެންނެވެ. އަދި ލައިކަން މިމުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީފައިނަލްގައި އައްސޭރި އާއި ބައްދަލުކޮށް 2 ގޯލްގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައެވެ.
މިމުބާރާތްކުރިއަށް ދަނީ ދިއްދޫ އުތުރުއަވަށުގައި މިފަހުން ހުޅުވިގެންދިޔަ ފުޓްބޯޅަ ދަނޑުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!