ހއ. ދިއްދޫގައި ކުރިއަށްދިޔަ "ނައިން އަ ސައިޑް" ފުޓުބޯޅަ މުބާރާތުގެ ޗެންޕިޔަންކަން ލައިކަން ސްޕޯރޓްސް އާއި ބައްދަލުކޮށް ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބް ހޯދައިފި އެވެ.

ދިއްދޫގައި މިމަހު 15 ވަނަ ދުވަހުފެށި ކުރިއަށްދިޔަ މިމުބާރާތަކީ ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ބޭއްވި ފުޓުބޯޅަ މުބާރާތެކެވެ. މުބާރާތުގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވެއެވެ.

Ad
rt

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗް ޓީނޭޖް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން ނެވެ. އެޓީމްއަށް 2 ލަނޑު ޖަހައިދިނީ ޙުސައިން ޒިމްޔާން (ޖަޑާ) އެވެ.

މި މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންނަށް ހޮވިފައި ވަނީ ބީއެކްސްގެ ޖާޒީ ނަންބަރ 37 ،މުހައްމަދު ނައުޝާދު ޓީނޭޖުގެ ޖާޒީ ނަންބަރ 1، ސައުދުﷲ އަޙްމަދާއި ލައިކެންސްގެ ޖާޒީ ނަންބަރު 32 މުޙައްމަދު ވިޝާހާއި، ޓީނޭޖުުގެ ޖާޒީ ނަންބަރު 21 މޫސާ ސާމިހާއި، ބީ އެކްސްގެ ޖާޒީ ނަންބަރު 19 އިނާޔަތުﷲ ޖަމީލާއި، އައްސޭރި އެފްސީގެ ޖާޒީ ނަންބަރ 10 މުޙައްމަދު ލަޔާނާއި، ޓީނޭޖުގެ ޖާޒީ ނަންބަރ 5 ޙިޝާމް ހަސަން ވަޙީދާއި، ލައިކެންސްގެ ޖާޒީ ނަންބަރ 23 ޝިމްހާދު އިބްރާހީމެވެ

ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ޓީނޭޖް ސެމީއަށް ދަތުރުކޮށްފައިވަނީ ބީއެކްސް އާއި ކުޅެ ޕެނަލްޓީ ޖަހައި ކުރިހޯދައިގެންނެވެ. އަދި ލައިކަން މިމުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީފައިނަލްގައި އައްސޭރި އާއި ބައްދަލުކޮށް 2 ގޯލްގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މިމުބާރާތްކުރިއަށް ދިއައީ ދިއްދޫ އުތުރުއަވަށުގައި މިފަހުން ހުޅުވިގެންދިޔަ ފުޓްބޯޅަ ދަނޑުގަ އެވެ.