ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ޕޮޒިޓިވްވުމާއި ގުޅިގެން ހދ ކުޅުދުއްފުށި ސިޓީ މޮނީޓަރިން އަށް ގެނެސްފިއެވެ.

ކޭއާރުއެޗުގައި އެޑްމިޓްކޮށްގެން ފަރުވާކުރަމުންއައި އެކުއްޖާ މާލެ ފޮނުވާލީ ޗާޓަރު ފްލައިޓެއްގައި އިއްޔެ އެވެ.

Ad
rt

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ބުނެފައިވަނީ މިކޭސް އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކާ ރަށް މޮނިޓަރިންގް ގެ ހާލަތަށް ލާފައި ވާކަން އަންގާ ފައިވާކަމަށެވެ.

ގޭގައި މަޑު ކުރެއްވުމަށާ ކޮންމެހެން ނުކުއްނަން ޖެހިއްޖެ ހާލަތެއްގައި ނުކުންނަ އިރު މާސްކް ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރަން. ދުއާ އަކީ ﷲ ގެ އިރާދަ ފުޅާ އެކު ގޯސް ގޮތެއް މެދުވެރި އެއް ނުވުން.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލްގެ އިދާރާ ފޮނުވާފައެވެ.

އެ ލިއުމުގައި މޮނިޓަރ ކުރެވޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުންކަމަށެވެ.