ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަދުން ނަގައިފި އެވެ.

މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މިރޭ (30 އޯގަސްޓް 2020) ގެ 23:12 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގއިން ނަގާފައިކަމަށާއި އެހެންނަމަ ވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވަން އިލްތިމާސް ކުރާކަމަށެވެ.

Ad
rt

ހދ. ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނީ 29 އޯގަސްޓް 2020 ދުވަހުގެ 15:12 ގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައި މޮނިޓަރިންގ އުވާލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

އެލިއުމުގައި އިތުރަށް ބުނެފައިވަނީ މިލިޔުމުގައި މޮނިޓަރިންގ އުވާލެވޭނެކަމަށް ބަޔާންކޮށްފައިވާ ތާރީޚުން ފެށިގެން، މޮނިޓަރިންގ އުވާލެވުނީކަމަށާއި އަދި މޮނިޓަރިންގގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައިސްފައިވާކަމަށެވެ.

އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިގެން ފުރަތަމަ ޓެސްޓް ކުރެވުނު 24 މީހުންގެ ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށް ރޭވަނީ ދައްކާފައެވެ.

އެކޭސް އާގުޅިގެން މިހާތަނަށް 60 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ޓެސްޓްކޮށްފައިވަނީ އެކުއްޖާއާ އެންމެ ބޮޑަށް ކޮންޓެކްޓްވީ 24 މީހެކެވެ. އޭގެތެރޭގައި އެކުއްޖާއަށް ފަރުވާދިނުމުގައި އުޅުނު ތިން ނަރުހަކުވެސް ހިމެނެއެވެ.