އޮމާންއަށް ރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު، ރަސްގެފާނަށް ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ތާރިކްއަށް އަރުވައިފިއެވެ. މުޙައްމަދު ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިބައްދަލުވުމުގައި އެމްބެސެޑަރ ޚަލީލުވަނީ އޮމާންގެ ރަސްގެފާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުޙަ...