ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި 17 އަހަރުގެ ކުއްޖަކު މަރާލައިފި އެވެ.

މިމާރާމާރީއާއި ގުޅިގެން ފުލުހުން ވިދާލުވީ ގއ. މާމެންދޫ ގައި 2 ގުރޫޕެއްގެ ދެމެދުގައި މާރާމާރީ އެއް ހިންގާފައިވާކަމުގެ މައުލޫމާތު މިރޭ 2210 އެހައިކަންހާއިރު ފުލުހުއްނަށް ލިބިފައިވާކަމަށެވެ.

Ad
rt

މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވާ 2 މީހަކަށް ގއ. ވިލިނގިލި ހޮސްޕިޓަލް ގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވި އެވެ. ފަރުވާ ދެމުންދިޔަ 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލް އިން ފުލުހުންނަށް މަޢުލޫމާތުދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މާރާމާރީއާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި ހާދިސާއާ ގުޅިގެން ހައްސަ އޮޕަރޭޝަނެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މާމެންދޫގެ ރައްޔިތުން ފުލުހުންނަށް އެއްބާރުލުން ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މި މާރާމާރީ އާ ގުޅިގެން ފުލުހުން ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.