ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕަޓުގައާއި، ށ. ފުނަދޫ ހުންނަ އެއަތޮޅު ހޮސްޕިޓަލްގައި މިއަދު ކޯވިޑް ވެކްސިންދިނުމުގެ ގައުމީ ހަރަކާތް "ކޯވިޑް19 ދިފާޢު" ފަށައިފިއެވެ.
އެ ދެ ހޮސްޕިޓަލުގައި ވެސް މިއަދު ޖަހަން ފަށާފައި ވަނީ އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ 15 ދިވެހި މުވައްޒަފަކަށާއި، 15 ބިދޭސީ މުވައްޒަފަކު މިއަދު ވެކްސިން ޖަހަން ހަމަޖެހިފައިވާއިރު، އެ ހޮސްޕިޓަލުން މިއަދު އެންމެ ފުރަތަމަ ވެކްސިންޖެހީ އެ ހޮސްޕިޓަލުން ކޯވިޑްގެ ކަންތައްތަކާއި ކަނޑައަޅާފައި ހުންނަ އެއް ފޯކަލް ޕޮއިންޓް ޖަވާދާ ނަސީރެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ އުޘްމާން އަޝްރަފް ތިލަދުންއަށް ވިދާޅުވީ، އެ ހޮސްޕިޓަލްގައި ކޯވިޑް ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް މިހާރު ކުރިއަށް ދާ ކަމަށެވެ.
"މި ހޮސްޕިޓަލުން ފުރަތަމަ ވެކްސިންޖެހީ މި ހޮސްޕިޓަލުން ކޯވިޑާއި ގުޅިގެން ކަނޑައެޅި ދެ ފޯކަލް ޕޮއިންޓުން ތެރެއިން އެއް ކުއްޖަކު، އަނެއް ކުއްޖާ މިވަގުތު މިކޮޅުގައި ނެތް، އަޅުގަނޑުމެން ފުރަމަ އެއް ފޯކަލްޕޮއިންޓްއަށް ފުރުޞަތު މިދިނީ އެ ކުދިންނަކީ މިމަސައްކަތުގައި ކުރީސަފުގައި ވަރަށް ބުރަކޮށް ފަސްޖެހުމެއްނެތި މަސައްކަތުގައި ދެމި ކުދިންނަށް ވާތީ"
އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ހއ. އަތޮޅުގެ އެހެން ރަށްތަކަށް ވެސް ވެކްސިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ބޭނުންވާ ތަމްރީނުތައް ވެސް މިހާރު ދެވިފައިވާ ކަމަށެވެ.
ކޮވިޑް-19 ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕެއިން ‘’ ދިފާޢު ‘’ ހއ އަތޮޅު ހޮސްޕިޓަލް ގައި ފެށިގެން ކުރިޔަށް.
Ministry of HealthPosted by Ha Alif Atoll Hospital on Friday, February 5, 2021
ށ. އަތޮޅު ހޮސްޕިޓަލްގައި މިއަދު އެންމެ ފުރަތަމަ ކޯވިޑް ވެކްސިންޖެހީ އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތެވެ. އެ ހޮސްޕިޓަލުން ވެސް ވަނީ އިސް ސަފުގައި މަސައްކަތްކުރާ 20 މުވައްޒަފަކަށް ވެކްސިންދީފައެވެ.
"ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ވެކްސިން ޖަހަން ފެށޭނެ، އެކަމަށް ބޭނުންވާ ޓްރައިނިންތައް ވެސް ވަނީ ދެވިފައި"
ޒުމްރަތު ވިދާޅުވިއެވެ.

ހއ. އަތޮޅު ހޮސްޕަޓުގައާއި، ށ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ކޯވިޑް ވެކްސިންދިނުމުގެ ގައުމީ ހަރަކާތް "ކޯވިޑް19 ދިފާޢު" ފެށިއިރު، އެ ހަރަކާތް ރާއްޖޭގައި ފެށި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެ ސަރަހައްދުގެ މައި ހޮސްޕިޓަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ވެސް ވަނީ އެ ހަރަކާތް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!