އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މ. ދިއްގަރު އަނީސާމަންޒިލް، އަލްފާޟިލް އިދުރީސް އިސްމާޢީލް އައްޔަނުކުރައްވައިފި އެވެ.
މިއީ އައިކޮމް އަށް އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މި މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބޭއްވި އިންޓަރވިއުއިން އެންމެ މަތިން މާކުސް ލިބިވަޑައިގެންނެވިފަރާތްކަމަށް އައިކޮމްއިން ބުނެފައިވެއެވެ.
އަލްފާޟިލް އިދުރީސް އިސްމާޢީލް މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލޓޑގެ މެނޭޖިންގ ޑިރެކްޓަރކަމާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މާކެޓް އެގްޒަމައިނަރކަމާއި، ވިލާ ކޮލެޖުގެ ސީނިއަރ ލެކްޗަރަރކަމާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ކޯޑިނޭޓަރކަމާއި، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ ސެކަންޑްރީ ޓީޗަރުކަމުގެ އިތުރުން ފ.އަތޮޅު މަދަރުސާއާއި ސ.އަތޮޅު މަދަރުސާގެ ހެޑްމާސްޓަ ޓްރެއިނީގެ މަޤާމު ހިމެނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އަލްފާޟިލް އިދުރީސް އިސްމާޢީލަކީ އިޤްތިޞާދާއި މެނޭޖްމަންޓުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!