ހދ. ނައިވާދޫއާއި ދިމާ ބޭރުން ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި އެވެ.

ޝަދީޝާ މަރިން 6 ނަމަކަށް ކިޔާ މިމަސް ބޯއްޓު އަތުލައިގަނެފައިވަނީ ނައިވާދޫއާއި ދިމާ ބޭރުން 3 ނޯޓިކަލް މޭރު ބޭރުން ނެވެ. މި ބޯއްޓުގައި ލަންކާގެ ދިދަ ޖަހާފައިވެއެވެ.

Ad
rt

މިބޯޓު ފެނިފައިވަނީ ހދ. މަކުނުދޫ ރަންދި ނަމަކަށްކިޔާ މަސް ދޯންޏަކަށް މިއަދު ހަވީރު 17:27 ހާއިރު އެވެ. އެދޯނިން "ތިލަދުން" އަށް މަޢުލޫމާތު ދެމުންބުނީ އެބޯޓުގައި 6 ނޫނީ 5 މީހުން ތިބި ކަމަށާއި އެދޯންޏަށް ފެނުމާއި އެކު އެބޯޓުގެ މިޝްރާބު ބަދަލުކޮށް ދުވެލި ބާރު ކުރިމަށެވެ. މަކުނުދޫ މަސްދޯނިން ބުނީ 18:18 ވީއިރު އެމަސްބޯޓުގެ ކުރި ބައްދާލާފައިވާކަމަށެވެ.

ރޭގަނޑުވުމުން އެބޯޓުގެ ހުރިހާ އަލިކަމެއް ނިއްވާލާފައި މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ދުއްވީ، ފަހުން ނެވިގޭޝަންވެސް ހުރީ ނިއްވާލާފަ، ބޯޓު މަޑުނުކުރުމުން ބޯޓުގެ ކުރިއަށް އަރާ މާކަރީ ލައިޓެއް އަޅުވާފަ ބެހެއްޓީ ކޯސްޓުގާޑުން އަންނަންދެން.

މަކުނުދޫ ދޯނިން ވާހަކަ ދެއްކި އަލީ ނަޝީދު ބުނެފައިވެއެވެ.

އެސަރަހައްދަށް ކޯސްޓުގާޑު އައީ 19:07 ގައެވެ. މިހާރު އެބޯޓު އޮތީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ބެލުމުގެ ދަށުގައިކަމަށް މަޢުލޫމާތު ދެއެވެ.

އެމްއެންޑީއެފްއިން އެސަރަހައްދަށް އަންނަންދެން އެދޯނީ ކުރިބައްދައިގެން ނައިވާދޫ ކަނޑުއޮޅިން އެތެރެއަށް ވައްދާފައިވާކަމަށެވެ.

މަސްވެރިންގެ ފަރާތުން މަޢުލޫމާތު ލިބޭ ގޮތުގައި އެބޯޑުގެ ބޮޑު ބޯޓެއް ނާގޯއްޓާއި ދިމާ ބޭރު ބޮޔާއި ދިމާ ބޭރުގައި އުޅޭކަމަށް ވަނީ

މަކުނުދޫ ރަންދި ދޯނިން ވާހަކަ ދެއްކި އަލީ ނަޝީދު ހާމަކޮށްފައިވެއެވެ.

މިބޯއްޓާއި ބެހޭ މަޢުލޫމާތެއް އެމްއެންޑީއެފްއިން އަދި ހާމައެއް ނުކުރެއެވެ.