ހޫނު މޫސުމުގައި ހއ. އަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ހއ. އަތޮޅު ކައުންސިލުން އިޢުލާންކޮށްފި އެވެ.
ބޯފެނަށްޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ފެން ފޯރުކޮށްދި ނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ އެކައުންސިލުން ކުރި އިޢުލާނެއްގަ އެވެ.
މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 15 ވަނަ ދުވަހުން ފެށިގެން އެ ކައުންސިލްގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެކައުންސިލުން ބުނެއެވެ.
އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށް ބުނެފައިވެއެވެ.
މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުގެ ފޯނު ނަމްބަރ 6500095 އަދި 6500123 ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި އިޢުލާނާއި އެކު ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑުވެސް ވަނީ ހިމަނާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!