ކ. ރަސްފަރި ފަރަށް 190 މީތަރުގެ އާގު ބޯޓެއް އުރިއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނޫސްތަކަށް މަޢުލޫމާތުދެމުން ބުނީ އެ އާގު ބޯޓު އަރާފައި ވަނީ ރަސްފަރި ފަޅުގެ ހުޅަނގު ފަރާތަށް ކަމަށެވެ.

Ad
rt

ފަރަށް އަރާފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 190 މީޓަރުގެ "ނެވިއޮސް އަމަރީލިސް" ކިޔާ ބޯޓެކެވެ. މި ކާގޯ ބޯޓު ފަރަށް އެރީ ކީއްވެގެން ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ. އަދި ބޯޓާ އެއްވެސް ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:48 ގައި ކަމަށެވެ. އެ ބޯޓު ފަރަށް އެރުމާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތެރިވަމުން އަންނަ ކަމަށެވެ.

3 ހެކްޓަރުގެ ރަސްފަރި ފަރަކީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެވެ. އެފަޅުގައި އޮންނަ .03 ހެކްޓަރުގެ ރަސްފަރި އަކީ 2006 ވަނަ އަހަރު 21 އަހަރުގެ މުއްދަތަށް ޓެލެކޮމިއުނިކޭޝަން ސައިޓެއްގެ މަސައްކަތް ކުރުމަށް ދިރާގައި ހަވާލުކޮށްފައިވާ ރަށެކެވެ. އރަށުގަގައި ހުންނަނީ ހަމައެކަނި މުއާސަލާތީ ހިދުމަތް ދޭން ދިރާގުން ބޭނުންކުރާ އެންޓަނާ އެވެ.