ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 9،000 ލީޓަރުގެ ބަނގުއާވި ބަނގުއާވިތަކެއް ނައްތާލައިފިއެވެ.

އެތަކެތި ނައްތާލާފައިވަނީ އިއްޔެ ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށް ކަސްޓަމްއިން މަޢުލޫމާތު ދެއްވަ އެވެ.

Ad
rt

"ނައްތާލާފައިވަނީ 300 ކެގުގެ ބަނގުއާވި، އެއީ ޖުމްލަ 9،000 ލީޓަރުގެ ބަނގުއާވި"

ކަސްޓަމްސްއިން ބުނެފައިވެއެވެ.

އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 މާއްދާގެ ދަށުން ބޮންޑަޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުވެސް ކަސްޓަމްއިން ވަނީ 11100 ލީޓަރުގެ ބަނގުއާވި ނައްތާލާފަ އެވެ.